ދަ ރެޑްލައިން ޕްލެޓްފޯމްގެ ޕްރައިވަސީ ޕޮލިސީ

ދަ ރެޑްލައިން ޕްލެޓްފޯމް އަކީ ހިޔާލުފާޅުކުރުމުގެ މިނަވަންކަމަށް އެޅޭ ހުރަސްތައް ރައްކާތެރިކަމާއެކު ރިޕޯޓުކުރެވޭނެ ވަސީލަތެކެވެ. ރެޑްލައިން ޕްލެޓްފޯމް އަކީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަދަނީ ޖަމިއްޔާއެއްކަމަށްވާ ދަ އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން އުފައްދައި، ބަލަހަށްޓަމުންދާ ވަސީލަތެކެވެ. މި ޕްރައިވަސީ ޕޮލިސީގައި ބަޔާންކުރެވިފައިވާނީ ދަ ރެޑްލައިން ޕްލެޓްފޯމާއެކު ހިއްސާކުރާ ޒާތީ މައުލޫމާތު ބޭނުންކުރާނެ ގޮތެވެ.

ދަ ރެޑްލައިން ޕްލެޓްފޯމްއިން އެއްކުރާ މައުލޫމާތުގެ ތަފްސީލު:

ދަ ރެޑްލައިން ޕްލެޓްފޯމަށް މައުލޫމާތު ހުށަހަޅާނީ މަޖުބޫރުކަމެއް ނެތިއެވެ. ހުށަހަޅާ މައުލޫމާތުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތުގެ ބާވަތްތަކަކީ:

އުމުރު، ޤައުމު، ހާދިސާ ހިނގާދިޔަ ޤައުމު، ގުޅޭނެ ފޯނު ނަންބަރު، އީ-މެއިލް އެޑްރެސް، ތާރީޚު، ހާދިސާގެ ތަފްސީލު، މުއައްސަސާތަކުގެ ތަފްސީލު، ދައުލަތްނޫން ފަރާތްތަކުގެ ތަފްސީލު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުނު ގޮތްތަކުގެ ތަފްސީލު އަދި ރަސްމީ އިދާރާތަކާއި ކުރެވޭ މުއާމަލާތްތަކުގެ ތަފްސީލެވެ.

ނަން ހިއްސާކުރުމަކީ މަޖުބޫރުކަމެއް ނޫނެވެ. އަދި ހިއްސާކުރާ އެހެނިހެން މައުލޫމާތުގެ ތަފްސީލު ހިމެނުމަކީ ރިޕޯޓު ހުށަހަޅާ ފަރާތުގެ ބާރުގައިވާ ކަމެކެވެ.

ދަ ރެޑްލައިން ޕްލެޓްފޯމްއިން އެއްކުރާ މައުލޫމާތުގެ ތަފްސީލު:

ދަ ރެޑްލައިން ޕްލެޓްފޯމަށް މައުލޫމާތު ހިއްސާކުރާނީ ޕްލެޓްފޯމު ބޭނުންކުރާ ފަރާތުންނެވެ. މައުލޫމާތު އެއްކޮށް ބޭނުންކުރާނެ ހާލަތްތަކަކީ:

  1. އަމިއްލަ އިހްތިޔާރުގައި ރިޕޯޓެއް ހުށަހެޅުމުން
  2. އަމިއްލަ އިހްތިޔާރުގައި ސުވާލެއް ހުށަހެޅުމުން
  3. ބަރައުޒަރގެ ކުކީސް މެދުވެރިކޮށް ދަ ރެޑްލައިން ޕްލެޓްފޯމް ބޭނުންކޮށް ނުވަތަ ބެލުމުން

ޕެލްޓްފޯމަށް ރިޕޯޓު ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ބޭނުންކުރާނީ ކިހިނެތް؟

ދަ ރެޑްލައިން ޕެލްޓްފޯމަށް ހުށަހެޅޭ މައުލޫމާތު ބޭނުންކުރާނީ ރިޕޯޓު ތައްޔާރުކުރުމަށެވެ. އެހެންނަމަވެސް، އެއްވެސް ފަރާތުގެ ރަސްމީ ރުހުމާނުލާ އެއްވެސް ބާވަތެއްގެ ޒާތީ މައުލޫމާތެއް ތިންވަނަ ފަރާތަކާ ހިއްސާއެއް ނުކުރެވޭނެއެވެ.

ޕެލްޓްފޯމަށް ރިޕޯޓު ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކުރެވިފައިވާނީ ކިހިނެތް؟

ދަ ރެޑްލައިން ޕްލެޓްފޯމުން ހުށަހެޅޭ މައުލޫމާތު ރައްކާތެރިކަމާއެކު ބަލަހަށްޓާނެއެވެ. އެންމެ ގިނަވެގެން މައުލޫމާތު ބަހަށްޓާނީ 365 ދުވަހަށެވެ. މި މުއްދަތު ނިމުމުން މައުލޫމާތު ސަރވަރުން ނައްތާލެވޭނެއެވެ.

ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމަތު ރައްކާތެރިކުރުމަށްޓަކައި ދެވޭ ހައްގު

ޕްލެޓްފޯމު ބޭނުންކުރާ ކޮންމެ ފަރުދަކަށް އެފަރާތުގެ މައުލޫމާތާ ގުޅޭ ގޮތުން ތިރީގައިވާ ހައްގުތައް ލިބިގެންވެއެވެ:

  1. މައުލޫމާތަށް އެދުމުގެ ހައްގު – ދަ ރެޑްލައިން ޕެލްޓްފޯމުގައި ހުރި މައުލޫމާތުގެ ނަކަލަށް އެދުން
  2. އިސްލާހުކުރުމުގެ ހައްގު – ސައްހަނޫން ކަމަށް ބެލެވޭ މައުލޫމާތުގެ ކުށް ރަނގަޅުކުރުމަށް އެދުން. އަދި ފުރިހަމަ ނުކުރެވިހުރި މައުލޫމާތު ފުރިހަމަ ކުރުމުގެ ހައްގު.
  3. މައުލޫމާތު ނައްތާލުމުގެ ހައްގު – 365 ދުވަހުގެ މުހުލަތުގެ ކުރިން، ހާއްސަ ހާލަތްތަކުގައި މައުލޫމާތު ނައްތާލުމަށް އެދުން.
  4. މައުލޫމާތު ބޭނުންކުރުމަށް ޝަރުތުކުރުން – ހާއްސަ ހާލަތްތަކުގައި ހުށަހެޅިފައިވާ މައުލޫމާތު ޕްލެޓްފޯމްއިން ބޭނުންކުރާ މިންވަރު ހިފަހަށްޓަން އެދުން
  5. މައުލޫމާތު ބޭނުންކުރުމަށް ހުއްޓުމަށް އެދުން – ހާއްސަ ހާލަތްތަކުގައި ހުށަހެޅިފައިވާ މައުލޫމާތު ޕްލެޓްފޯމްއިން ބޭނުންކުރުން ހުއްޓާލުން.
  6. މައުލޫމާތު ހިއްސާކުރުން – ޕްލެޓްފޯމުގައި ހުރި ފަރުދެއްގެ މައުލޫމާތު ސީދާ އެ މީހަކަށް ފޯރުކޮށްދިނުމަށް ނުވަތަ އެހެން ފަރާތަކާއި ހިއްސާކުރުމަށް އެފަރުދަކަށް އެދެވޭނެ.

މިގޮތަށް އެދޭ ކަންކަމަށް ދަ ރެޑްލައިން ޕްލެޓްފޯމް އިން އެއްމަސް (30 ދުވަސް) ތެރޭގައި ޖަވާބުދޭނެއެވެ. މީގެން ކަމަކަށް އެދެން ބޭނުންނަމަ ތިރީގައިވާ އީ-މެއިލަށް އެކަމުގެ ތަފްސީލު ފޮނުވާށެވެ:

reports@redlineplatform.org

ކުކީސްއަކީ ކޮބާ؟

ކުކީސްއަކީ ޕްލެޓްފޯމް ބޭނުންކުރުމަށް ބޭނުންކުރާ ވަސީލަތުގައި ރައްކާކުރެވޭ އިންޓަނެޓާގުޅުންހުރި މައުލޫމާތެވެ. ވެބްސައިޓުތަކަށް ޒިޔާރަތްކުރުމުން ކުކީސްފަދަ އީޖާދުތަކުން އަމިއްލަތަށް މައުލޫމާތު އެއްކޮށްފާނެއެވެ. އިތުރު މައުލޫމާތު:

www.allaboutcookies.org

ދަ ރެޑްލައިން ޕްލެޓްފޯމްއިން ކުކީސް ބޭނުންކުރަނީ ކިހިނެތް؟

ކުކީސް ބޭނުންކޮށްގެން ދަ ރެޑްލައިން ޕްލެޓްފޯމްއިން ވެބްސައިޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ. މިގޮތުން:

  1. ފޯމުގެ ބައެއްފުރުމަށްފަހު ފަހުން ފުރޭގޮތުގެ ހިދުމަތް
  2. ޕްލެޓްފޯމް ބޭނުންކުރުމަށް

ދަ ރެޑްލައިން ޕްލެޓްފޯމްއިން ބޭނުންކުރާނީ ކޮންބާވަތެއްގެ ކުކީސްއެއް؟

  1. ވެބްސައިޓް ބޭނުންކުރުމަށް – ކުރިން ފުރާފައިވާ މައުލޫމާތު ރައްކާކުރުމަށް، އިހްތިޔާރުކުރާ ބަސް އަދި ގައުމު ހިމެނެއެވެ. މީގެތެރޭގައި ފުރަތަމަ އަދި ތިންވަނަ ފަރާތައް ނިސްބަތްވާ ކުކީސް ހިމެނެއެވެ.

ކުކީސް ބޭނުންކުރާނެގޮތް

މަތީގައިވާ ވެބްސައިޓުން ކުކީސް ވަސީލަތަކުން ނައްތާލެވޭނެ ގޮތް ކިޔާލެވޭނެއެވެ. އަދި ވެބް ބްރައުޒަރއިން ކުކީސް ބޭނުންނުކުރާ ގޮތައްވެސް ހެދޭނެއެވެ. އެގޮތަށް ހަދައިފިނަމަ ޕްލެޓްފޯމް ރަނގަޅަށް މަސައްކަތް ނުކޮށްފާނެއެވެ.

އެހެން ވެބްސައިޓުތަކުގެ ޕްރައިވަސީ ޕޮލިސީ

ދަ ރެޑްލައިން ޕްލެޓްފޯމްގައި އެހެން ވެބްސައިޓުތަކުގެ ލިންކު ހިމެނެއެވެ. މި ޕްރައިވަސީ ޕޮލިސީ ހިނގާނީ މި ވެބްސައިޓަށެވެ. އެހެން ވެބްސައިޓަކަށް ޒިޔާރަތްކުރާނަމަ، އެސައިޓުގެ ޕްރައިވަސީ ޕޮލިސީ ކިޔުމަށް އިލްތިމާސްކުރަމެވެ.

ޕްރައިވަސީ ޕޮލިސީއަށް ބަދަލުގެނައުން

ދަ ރެޑްލައިން ޕްލެޓްފޯމްގެ ޕްރައިވަސީ ޕޮލިސީ ގަވައިދުން މުރާޖާ ކުރެވެމުންދާނެއެވެ. މި ޕޮލިސީ އެންމެފަހުން މުރާޖާކުރެވުނީ 20 އޮކްޓޫބަރު 2024 ގައެވެ.

ގުޅުމަށް

ރިޕޯޓުހުށަހަޅާ ފަރާތުގެ މައުލޫމާތާއި ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންނަމަ ނުވަތަ ހައްގެއް ބޭނުންކުރަން ބޭނުންނަމަ، ލަސްނުކޮށް ގުޅުމަށް:

އީ-މެއިލް: reports@redlineplatform.org

ލިޔުމުން: https://redlineplatform.org/econtact/

ގުޅުންހުރި މުއައްސަސާއަކާ ގުޅުމުށް:

ދަ ރެޑްލައިން ޕްލެޓްފޯމްއާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހެޅުމަށް ނުވަތަ އެދުމަކާމެދު ނިންމާފައިވާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، ގުޅުންހުރި އިދާރާއަކަށް ހުށަހެޅޭނެއެވެ.

ރިޕޯޓެއް ހުށަހެޅުމަށް: