އާންމުކޮށްއަހާ ސުވާލު

ރެޑްލައިން ޕްލެޓްފޯމް އަކީ ހިޔާލުފާޅުކުރުމުގެ މިނަވަންކަމަށް އެޅޭ ހުރަސްތައް ރައްކާތެރިކަމާއެކު ރިޕޯޓުކުރެވޭނެ ވަސީލަތެއް.

ރެޑްލައިން ޕްލެޓްފޯމް އަކީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަދަނީ ޖަމިއްޔާއެއްކަމަށްވާ ދަ އެސޯސިއޭޝަން ފޮރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން އުފައްދައިގެން ހިންގާ ވަސީލަތެކެވެ.

ރެޑްލައިން ޕްލެޓްފޯމްގެ މައިގަނޑު ބޭނުމަކީ ގައުމެއްގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަސްތަކާއި، ބާވަތްތައް ދިރާސާކުރުމެވެ. މިމައުލޫމާތަށް ބިނާކޮށް ސިޔާސަތުތަކަށް ބަދަލު ގެނައުމަށާއި ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރުމަށް ގޮވާލުމަކީ މިޕްލެޓްފޯމްގެ އަމާޒެކެވެ. އަދި ގާނޫނީ ފަންނުގެ ފަރާތްތަކުން ހިޔާލުފާޅުކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރެވިދާނެ މައްސަލަތައް ދެނެގަތުމަށްވެސް މި ޕްލެޓްފޯމް ބޭނުންކުރެވޭނެއެވެ.

ނުހިމަނާނެ. ރެޑްލައިން ޕްލެޓްފޯމުން ބޭނުންކުރާނީ ހިޔާލުފާޅުކުރުމަށް ދިމާވާ ހުރަސްތަކުގެ ތަފްސީލު އެކަނި. އެއްވެސް ރިޕޯޓެއްގައި ނުވަތަ އެހެން ލިޔުމެއްގައިވެސް މި ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ބޭނުމެއްނުކުރާނެ.

ހިޔާލުފާޅުކުރުމުގެ ހައްގު ޒިންމާދާރުގޮތު ގައި ބޭނުންކޮށްގެން، އެހައްގު ބޭނުންކުރުމުގެ ސަބަބުން ނުވަތަ އެހައްގު ބޭނުންކުރުމަށް ހުރަސްއެޅިފައިވާ ކޮންމެ ހާލަތެއްވެސް ރިޕޯޓުކުރެވޭނެ. އެހާލަތް ދިމާވި ފަރާތް ނުވަތަ އެހެން ފަރާތަކަށްވެސް ރިޕޯޓުކުރެވޭނެ.

ކުރެވޭނެ. އޮންލައިންކޮށް، އޮފްލައިންކޮށް، މެސެޖަކުން، ބައްދަލުވެގެން ނުވަތަ އެހެންގޮތަކަށްވެސް ކުރިމަތިވާ ހުރަހެއް ނުވަތަ ހާލަތެއް ރިޕޯޓުކުރެވޭނެ. ހިއްސާކުރާ ކޮންމެ މައުލޫމާތެއް ރެޑްލައިން ޕްލެޓްފޯމްއިން ރެކޯޑުކުރާނެ.

ނުކުރާނެ. ރެޑްލައިން ޕްލެޓްފޯމްއިން ޒާތީ މައުލޫމާތު ބޭނުންކުރާނީ ސީދާ ރިޕޯޓު ހުށަހަޅާ ފަރާތާ ގުޅުމަށް. އެއީ ރިޕޯޓު ކަށަވަރުކުރުމަށް އަދި ރިޕޯޓު ހުށަހެޅުނުކަމުގެ ޔަގީންކަށް ދިނުމަށް. އެއްވެސް ހާލަތެއްގައި ތިންވަނަ ފަރާތަކާ އެމައުލޫމާތު ހިއްސާނުކުރެވޭނެ. ޕްރައިވެސީ ޕޮލިސީ  .

ކުރެވޭނެ. އެހެން ފަރުދަކަށް ދިމާވި ކަމެއް، ނުވަތަ ރިޕޯޓު ހުށަހަޅާ ފަރާތަށް ފެނުނު މަންޒަރެއް ރިޕޯޓުކުރެވޭނެ. ގުޅޭނެ މައުލޫމާތު ވާނީ ރިޕޯޓުހުށަހަޅާ ފަރާތުގެ މައުލޫމާތަށް. އެހެންކަމުން ރެޑްލައިން ޕްލެޓްފޯމުން ރިޕޯޓު ކަށަވަރުކުރުމަށް ގުޅާނީ ރިޕޯޓު ހުށަހަޅާފަރާތަށް.

ކުރެވޭނެ. ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވާ ހުރަސްތަށް ރެޑްލައިން ޕްލެޓްފޯމް މެދުވެރިކޮށް ރިޕޯޓުކުރެވޭނެ. ހިޔާލުފާޅުކުރުމުގެ ހައްގަކީ އަސާސީ ހައްގެއް. އެހައްގު ކަށަވަރުވުމަކީ އެހެން އަސާސީ ހައްގުތައް ހޯދުމަށް މުހިންމު ހައްގެއް.

ރެޑްލައިން ޕްލެޓްފޯމަކީ ތަހުގީގީ އިދާރާއެއް ނޫން. ރެޑްލައިން ޕްލެޓްފޯމަކީ ހުށަހެޅޭ ރިޕޯޓުތަކުގެ ތަފްސީލު ބަލަހަށްޓާ ވަސީލަތެއް. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި، ގާނޫނީ ފަންނުގެ ފަރާތްތަކާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ތަހުގީގީ އިދާރާތަކަށް މިތަފްސީލު ތަކުގެ މައްޗައް ތައްޔާރުކުރެވޭ ރިޕޯޓުތަކުގެ ބޭނުންކުރެވޭނެ. މިގޮތަށް މިމައުލޫމާތު ބޭނުންކޮށްގެ އެންމެންގެ ބައިވެރިވުމާއެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރެވޭނެ.

ޝައުގުވެރިވާ ވަކީލުން ނުވަތަ ތަހުގީގީ ފަރާތަކުން ފުރަތަމަ މުއާމަލާތްކުރާނީ ރެޑްލައިން ޕްލެޓްފޯމްއާ. އޭގެ ފަހުން، ޕްލެޓްފޯމްގެ ފަރާތުން ރިޕޯޓު ހުށަހެޅި ފަރާތާ މުއާމަލާތްކުރާނެ. އަދި ރިޕޯޓު ހުށަހެޅީ ފަރާތުގެ ހުއްދަ ހޯދުމަށްފަހު ވަކީލު/ތަހުގީގީ ފަރާތާ ގުޅުވައިދޭނެ.

ހުށަހެޅޭނެ. ރިޕޯޓާއެކު ހެކީގެ ގޮތުގައި އެކި ބާވަތުގެ ފައިލް ރެޑްލައިން ޕްލެޓްފޯމަށް ހުށަހެޅޭނެ.

ރިޕޯޓެއް ހުށަހެޅުމަށް:

ރިޕޯޓެއް ހުށަހެޅުމަށް: